މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ)
އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ)
އާ ގުޅިގެން މިއަދު ފަހުމުނާމާ އެއް ގައި ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި
ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން އެވެ.
މި ފަހުމުނާމާ އަކީ ނޭޝަނަލް ކޮމްޕިޓެންސީ
ސްޓޭންޑަޑްތަކުގެ ދަށުން ހިންގާ ޕްރޮގްރާމްތައް އެކްރެޑިޓް ކުރުމަށްޓަކައި މި ދެ
އިދާރާ އާ ދެމެދު ވެވުނު ފަހުމުނާމާއެކެވެ.
މި ފަހުމުނާމާ ގައި ސޮއި ކުރި
ރަސްމިއްޔާތުގައި، އެމް.ކިއު.އޭ ގެ ސީ.އީ.އޯ ޑރ. ޢަބްދުލްޙަންނާން ވަހީދު ވިދާޅުވެފައި
ވަނީ މި ފަހުމުނާމާ ގެ ސަބަބުން އެމް.އެން.އެސް.ޑީ.އޭ އިން ރެޖިސްޓަރޑް
ޓްރެއިނިންގ ޕްރޮވައިޑަރސް (އާރ.ޓީ.އޯ) ތަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދާ
ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގައި ހިމެނޭ މަސައްކަތު ތަޢުލީމާއި ތަމްރީނުގެ
ތަފާތު އެކި ޕްރޮގްރާމްތައް ވީހާ ވެސް ގިނަ ބަޔަކަށް ފުރުޞަތު ލިބޭގޮތަށް ހިންގުމަށް
މަގު ފަހިވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
މި ފަހުމުނާމާ ގައި އެމް.ކިއު.އޭ ގެ
ފަރާތުން ސޮއި ކުރެއްވީ އެމް.ކިއު.އޭ ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މަރްޔަމް
ފިޒާނާ ރަޝީދު އެވެ. އަދި އެމް.އެން.އެސް.ޑީ.އޭ ގެ ފަރާތުން ސޮއި ކުރެއްވީ އެމް.އެން.އެސް.ޑީ.އޭ
ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝަކީބާ އަލީ އެވެ.
މިގޮތުން އެކްރެޑިޓެޑް ކުރެވޭ
ޕްރޮގްރާމްތައް ވެސް އެކްރެޑިޓެޑް ކުރެވެމުން ދާ ވަރަކަށް، އެމް.ކިއު.އޭ ގެ
ވެބްސައިޓް ގެ ކޮލިފިކޭޝަންސް ރެޖިސްޓަރ ގައި ޝާއިއުކުރެވެމުން ދާނެ ކަމަށް
އެމް.ކިއު.އޭ އިން މަޢުލޫމާތު ދެއްވައެވެ.